މުޙައްމަދު ވިޝާން10 ރަށުގައި އެގްރޯފޮރަސްޓްރީ ދަނޑު ހަދަން އެންވާރަމަންޓް މިނިސްޓްރީ އާއި އެގްރިކަލްޗަރ މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި 2 މިނިސްޓްރީގެ ދެމެދުގައި ވެވުނު މި އެއްބަސްވުމަކީ ރާއްޖޭގައި ކާބޯތަކެތީގެ
ޔަގީންކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތަކެއް ހެދުމާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމެއްކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ އެގްރޯފޮރަސްޓްރީ ދަނޑުތަކުގެ ސަބަބުން ބިމުގެ މުއްސަނދިކަން އިތުރުވެ، ފަސްގަނޑު ގިރުން ހުއްޓުވައި ތިމާވެށި ހިމާޔަތްކުރުމަށް ބޮޑު އެހީއެއް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެއް ދަނޑަކުން ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އާއ
ި ގަސް ހެއްދުމަށް ބޭނުންވާ މައުދަންތައް ލިބޭއިރު މި ދަނޑުތަކުގެ ސަބަބުން ދަނޑުވެރިންނަށް އިގްތިސާދީ ގޮތުންނާއި ކާނާގެ ރައްކާތެރިކަމުގެ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލިބޭގޮތަށް ކަހަލަ ދެމެހެއްޓެނިވި ނިޒާމެއް ކުރުން ކަމަށާއި، އެގޮތުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށްވެސް މި އެއްބަސްވުމުގެ ދަށުން 400،000 ގަސް ސަޕްލައިކޮށްދޭނެ ކަމަށްވެސް އެންވާރަމަންޓް މިނިސްޓްރީން ބުނެ އެވެ.