މުޙައްމަދު ވިޝާންމިދިޔަ ހަފުތާގައިވެސް އިތުރު 13 މީހަކަށް ހިމަބިހި ބަލި ޖެހިފައިވާ މީހުންގެ އަދަދު 199 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި އިތުރު 1
3 މީހަކަށް ހިމަބިހި ޖެހި މި އަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 199 އަށް އަރާފައި ކަމަށެވެ.
މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ރާއްޖެއިން ހިމަބިހީގެ ފުރަތަމަ ކޭސް ފެނުނުފަހުން ކޮންމެ ހަފްތާއަކުވެސް އެޗްޕީއޭ އިން އަންނަނީ އަލަށް އެބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތަފާސްހިސާބު އާންމުކުރަމުންނެވެ.
މީގެ އިތުރުން އެޗްޕީއޭއިން އާންމުކޮށ
ްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ހިމަބިހީގެ ކޭސްތަށް ރިޕޯޓްކޮށްފައިވަނީވެސް މުޅިންވެސް މާލެ ސަރަހައްދުންނެވެ.
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިންގ ޖެހުމުގެ ކެމްޕެއިނެއް އެޗްޕީއޭއިން ހިންގަމުންދާއިރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިންދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވި ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކޮންޓެކްޓުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.
ހިމަބިހި ފެތުރެމުންދާތީ ހޮސްޕިޓަލަށް އަންނައިރު މާސްކް އަޅައިގެން އައުމަށް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވާއިރު ހިމަބިއްސަށް ޝައްކުކުރެވޭ ހިސާބުން ލަސްނުކޮސް ޓެސްޓްކުރުމަށާއި ނަތީޖާ ލިބެންދެން އެކަހެރިވެ އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.