6 އޯގަސްޓް 2026

ރުފިޔާ ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ވިޝާން
5 ގަޑިއިރު ކުރިން

ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 2026 އޮގަސްޓު 2 ވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި 3 TechWaves Box ލައްކައަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލައެއް ހުށަހަޅާފައިވާތީ އެ ފޮށި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައިފަމަށެވެ.

އެގޮތުން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި އަދި ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން، އެ ފޮށި ވަގަށްނެގި މީހާ ދެނެގަނެ ފޮށި ގެންދިޔަ ތަން ފުލުހުންވަނީ ހޯދާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި އެ މައްސަލާގައި ފުލުހުން ހޯދި ހެތްކަށް ބަލައި މި މަހުގެ 4 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތ 3cx Box ުގައި ކޯޓު އަމުރެއްގެ ދަށުން، ލ. މުންޑޫ، ސެވެންސްޓަރ ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައި ކަމަށާއި، އޭނާ ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު 248,500 އަށްވުރެ ގިނަ ރުފިޔާއާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙