12 އޯގަސްޓް 2026

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

މުޙައްމަދު ވިޝާން
7 ގަޑިއިރު ކުރިން

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ށ. މާއުނގޫދޫ، ކޯޓުން އެރަށު ފެހިވިލާގެ މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށް ގާނޫ TechWaves Box ނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން އިއވާފައިވާ ހުކުމުގައި ބުނެފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުއް އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުން 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2020 ނޮވެމްބަރު 24ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ޖަނަވަރީ 6ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙