11 އޯގަސްޓް 2026

މުޅިން އަލަށް ކަމަށްބުނެ އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި ލޯން ސްކީމަކީ މި ސަރުކާރުން 2024 އޮކްޓޯބަރ މަހު ހުޅުވާލާފައިވާ ސްކީމެއް!

މިނިވަން
10 މަސް ކުރިން

ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ލުއިލޯނަށް އެދުމަށް 2024 ވަނަ އަހަރު ހުޅުވާލައި އެޕްލިކޭޝަން ނަގާފައިވަނިކޮށް، މުލިން އަލަށް ކަމަށްބުނެ އަންނަ ހަފްތާގައި ހަމަ އެ ސްކީމަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެމަނިކުފާނުގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި TechWaves Box ވިދާޅުވީ މެނިފެސްޓޯ ގައިވާ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ވަނީ ގޮސްފައި ކަމަށެވެ.

އަދި މި ލޯން ސްކީމް ގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށާއި، އެގޮތުން މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލަން އެމަނިކުފާނު ވަނީ ނިންމާފައި ކަމަށް ވިދާޅުވެފައި ވެއެވެ.

ލިންކް: BCC opens applications for Creative Economy Fund to support artists

ނަމަވެސް ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ލުއިލޯނަށް އެދުމުގެ ފުރުސަތު މި ސަރުކާރުން ވަނީ މިދިޔަ އަހަރު ހުޅުވާލާފައެވެ. އެގޮތުން 10 އޮކްޓޯބަރ 2024 ގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވަނީ އެ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައެވެ.

ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭނާއި، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑް ސަރުކާރުގެ ފަރާތުން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 18 ސެޕްޓެމްބަރ 2024 ގައެވެ. އަދި މި ފަންޑުން އެހީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހު ބީސީސީން ވަނީ ހުޅުވާލާފައެވެ.

އެ ސްކީމަށް ހުޅުވާލުމަށްފަހު ބީސީސީގެ އެމްޑީ ވިދާޅުވެފައިވަނީ މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެކެވެ. މިގޮތުން އެ ފަންޑުގެ ތެރެއިން 50،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމައަށް އެހީ ދޭނެއެވެ. އަދި އެ ސްކީމުން އެހީ ދިނުމަމަށް ހަމަޖެހިފައިވަނީ، ކުދި ވިޔަފާރިތަކަށާއި، ބީސީސީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތަކަށެވެ.

އަދިވެސް އިތުރަށް ބުނެފައިވަނީ އެ ސްކީމުގެ ދަށުން އެހީ ލިބޭ ފަރާތްތަކަށް، އެ ސިނާޢަތުގައި މިހާރު ހުރި ގޮންޖެހުންތަކަށް ބަލައި ލުއިފަސޭހަތަކެއް ދިނުމަށްވެސް ބީސީސީން ވަނީ ނިންމާފައި ކަމަށާއި، އެގޮތުން ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމަށް ލުއިގޮތްތަކެއް ފަހިކޮށްދިނުމަށާއި 1 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމުގެ އިތުރުން ރަހުނަކާއި ނުލައި އެސްކީމުން އެހީ ލިބޭނެ ގޮތްވެސް އެ ކޯޕަރޭޝަނުން ހަމަޖައްސާ ދީފައިވާނެ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙