މިނިވަންބ ދޮންފަނުގެ ބިން ހިއްކުމަށް އެމްޓީސީސީ އާއި ޙަވާލުކުރުމަށްފަހު އެރަށުގެ ބިން ނުހިއްކަން ނިންމީ ރައްޔިތުން އެދިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބިން ނުހިއްކަން ނިންމުމުގެ ކުރިން އެރަށުގެ ރައްޔިތުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ބ އަތޮޅުގެ ރަށް ތަކަށް ރައީސް ޑރ މުއިއްޒު ވަޑައިގެންނެވި ދަތުރުފުޅުގައި ދޮންފަނުގެ ބިން ހިއްކުން އެމްޓީސީސީއާއި ވަނީ
ޙަވާލުކޮށްފައެވެ. އެކަމަށްޓަކައި ދޮންފަނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ދޮންފަނުގެ ބިންހިއްކަން ނިންމެވީ ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި އެގޮތުން އެމްޓީސީސީއާއި ހަވާލުކޮށްގެން އެ ރަށުން 13 ކެޓަރުގެ ބިން ހިއްކައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށާއި ބިމުގެ ދަތިކަން ހައްލުކޮސްދެއްވާނެ ކަމަށެވެ.
އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް. މިގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދު ވިން. އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން. ރައީސް ގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ. ރައިސް ވިދާޅުވެފައި ވެއެވެ.
ނަމަވެސް މިއަދު އެކްސްގައި ރައީސް ޑރ މުއިއްޒު ކުރެއްވި ޕޯސްޓެއ
ްގައި ވިދާޅުވީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން ދޮންފަނުގެ ބިން ނުހުއްކަން ނިންމެވި ކަމަށެވެ. އެއާއެކު އެރަށުގެ ރައްޔިތުން ވަނީ ކައުން އިދާރާ ކުރިމައްޗަށް ނިކުމެ ބިންހިއްކުން އަވަސްކޮށްދިނުމަށް އެދި މުޒާހަރާކުރަން ފަށާފައެވެ.
ރައީސް މުއިއްޒު ގެ ޕޯސްޓްގައި ވިދާޅުވެދފައި ވަނީ އެމަނިކުފާނު ރައްރަށުގައި ކަންކަން އެރށެއްގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށާއި، އެގޮތުން ދޮންފަނުގެ ބިންހިއްކައިދިނުމަށް އެރަށުގެ ރައްޔިތުން އެދުމުން އެރަށުގައި ބިންހިއްކައިދިނުމަށް ވައުދު ވިން ކަމަށާއި، އެގޮތުން އެ ވައުދާ އެއްގޮތަށް ބިން ހިއްކުމަށް އެމްޓީސީސީ އާއިއެކު އެއްބަސްވުމުގައި ސޮއިކުރިނަމަވެސް އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ބިން ނުހިއްކަން މިހާރު ނިންމާފައިވާ ކަމަށެވެ.