މިނިވަންޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން ކުރާ ކަންކަމުގައި ބައިވެރިނުވާން އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.
އެކަން ހާމަކޮށް އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާ
އްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާކަމަށްބުނެ، ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ ކިޔާ ކުންފުންޏަކުން އެ ޕާޓީއާ ބައްދަލުކުރުމަށް އެދިފައިވާ ކަމަށެވެ.
އެ ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީން އެ ކުންފުންޏަށް މިއަދު ޖަވާބު ދީފައިވާނެ ކަމަށާއި، ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެ ޕާޓީންވެސް ޤަބޫލުކުރާ ކަމަށާއި، އެހެން ނަމަވެސް، ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވަމެވެ.
އެގޮތުން ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައިވާ ގޮތަކާއި،، އެ ނިންމުން ނިންމު
މުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން އެނގެން ނެތް ކަމަށާއި، ދެންނެވުނު ފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ޑރ މުހައްމަދު މުއިއްޒު ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއަރޕޯޓް އެޅުމާއި، ޢުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމާއި، ފަށައިފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށާއި، އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް ދަނީ އިއުލާނުކުރަމުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް އެ ޕާޓީން ނުދެކޭ ކަމަށާއި، އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުދެކޭ ކަމަށާއި އަދި
ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތައް ޢަމަލުނުކުރުމާއި، ގްޑް ގަވަރނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން މި ވަނީ އާއްމުކަމަށް ވެފައި ކަމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައިހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ދަނީ ބަދަލުކުރަމުން ކަމަށާއި، ކަން މިހެން އޮތް އިރު، އަލުން އެކުލަވައިލާ ޕްލޭނަކަށް ޢަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާން ނިންމާލަމުން ބުނެފައިވަނީ އެ ސަބަބުތައް އެ ގޮތަށް ހުރުމުން، މި ވަގުތު އެ ކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.