މިނިވަން2024 ވަނަ އަހަރުގެ އޭޕްރީލް މަުހުން ފެށިގެން އިހަވަންދޫގައި ދިރިއުޅޭ ފަރާތްތަކަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ގޮތުގައި މުސާރަދެމުންގެންދާކަމަށް މި ނޫހަށް މައުލޫމާތު ލިބިއްޖެ އެވެ.
އެރަށުން މިނިވަން އަށް މައުލޫމާތު ދިން ފަރާތުން ބުނީ 2024 ވަނަ އ
ަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެރިކަން ކުރާ ޕާޓީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ ފަރާތްތަކަށް ވަޒީފާ ދީފައިވާ ކަމަށެވެ.
އެގޮތުން ސިއްހީ މަރުކަޒަށް ސިޔާސީ 2 ވަޒީފާ ހަމަޖެއްސުމާއި ޔޫތުސެންޓަރަށް ސިޔާސީ 2 ވަޒީފާ ހަމަޖެއްސުމުގެ އިތުރުން އާރުޑީސީއަށް ގިނަ އަދަދަކަށް މުވައްޒަފުން ހަމަޖައްސާފައި ވާކަމަށެވެ. އަދި މީގެ އިތުރުން އިހަވަންދޫގައި އެސްޓަބްލިޝް ވެފައިނެތް ކުންފުންޏެއްކަމަށްވާ ވެމްކޯ ގެ ވަޒީފާވެސް 2 މީހަކަށް މަޖިލިސް އިންތިހާބުގެ ކުރިން ހަމަޖެއްސި ކަމަށާއި އަދި އޭގެ ފަހުން އިތުރު މުވައްޒަފުންތަކެއްވެސް މިހާރު ނަގާފައިވާ ކަމަށެވެ.
އިހަވަންދޫއަކީ ވެމްކޯގެ ޙިދުމަތް ގާއިމްކޮށްފައި
ވާ ރަށަކަށްނުވާއިރު ރަށެއްގައި ދިރިއުޅޭ ފަރާތްތަކަކަށް އެކުންފުނީގެ މުވައްޒަފުންގެ ގޮތުގައި މުސާރަދެމުންގެންދާތާ މިހާރު މިވަނީ ދޮޅު އަހަރުވެފައެވެ.