5 ޑިސެމްބަރު 2025

ރާއްޖެއަށް ދަތުރުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އަޙްމަދު ފައުޒާން
9 މަސް ކުރިން

ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއާގެ ދަތުރުތައް ދިވެހިރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މިހާރު ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއާގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތަކުގައި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކ TechWaves Box ުރުމުގެ އިތުރުން، ޚާއްސަކޮށް ލޯ ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި އެއާލައިންގެ ދަތުރުތައް އިންތިޒާމުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިއަހަރުގެ މާރިޗު 4 ވަނަ ދުވަހު ފެށުނު އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ ޓޫރިޒަމް ސިނާއަތުގެ 89 ކުންފުންޏެއް ހިމެނޭ 200 މަންދޫބުންގެ ވަފުދަކުންނެވެ. މި ފެއާ ކުރިއަށްދާނީ މާރިޗު 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މައުރަޒުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް 3cx Box ވިދާޅުވި ގޮތުގައި، ”މި މައުރަޒުގައި ދިވެހިރާއްޖެއިން އަލިއަޅުވާލާފައި ވަނީ، ޤުދުރަތީ ރީތިކަމާއި، ސަގާފަތާއި، މެހެމާންދާރީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.

އައިޓީބީ ބާލިން ފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙