6 ޖުލައި 2026

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

މިނިވަން
9 ގަޑިއިރު ކުރިން

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 2 ސަރުކާރުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޑޮލަރުގެ އަގުހެޔޮ ނުކުރެވި، އޭގެ ކަޅު ބާޒާރެއް އުފެދިފައިވާ މައްސަލާގައި ރަ TechWaves Box އްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރއްވި ސުވާލާއި ގުޅިގެން ދެއްވި ޖަވާބުގައި މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުނީވެސް އަދި ތިރި ނުވެގެން އުޅެނީވެސް އެމްޑީޕީގެ 2 ސަރުކާރުގެ ސަބަބުން ކަމަށް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ސަރުކާރުން ގާނޫނު ސަސްޕެންޑްކޮސް ފައިސާ ޗާޕްކުރުމާއި އެމްޑީޕީގެ ސަރުކާރުގައި 10 ރުފިޔާ އާއި 15 ރުފިޔާ އާއި ދެމެދުގެ ބޭންޑަކަށް ޑޮލަރުގެ ރޭޓް ފްލޯޓު ކުރުމުން އެކަންކަމުން އަދިވެސް އަރައިގަނެވިފައިނުވާކަމަށް މިނިސްޓަރ ސައީޑު ވަނީ ވިދާޅުވެފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙