26 މާރޗް 2025

އެސްޓީއޯއިން ކާށީގެ ހޯލްސޭލް ޕްރީބްކިންގ ހަދައިދޭން ފަށައިފި

މުޙައްމަދު ވިޝާން
16 ދުވަސް ކުރިން

އެސްޓީއޯއިން ކާށީގެ ހޯލްސޭލް ޕްރީބްކިންގ ހަދައިދޭން ފަށައިފި އެވެ.

މިއަހަރުގެ ރޯދަމަހާ ދިމާކޮށް އެސްޓީ 3cx Box އޯއިން ވަނީ އާއްމު ކާބޯތަކެތީގެ ތެރޭގައި ހިމެނޭ 24 ބާވަތެއް ރާއްޖެ ގެނެސް ހެޔޮއަގުހައި ވިއްކަން ފަށާފައެވެ. 

އެގޮތުން ބާޒާރުގައި އަތް ނުފޯރާވަރަށް އަގު މައްޗަށް ގޮސްފައިވާ ކާށިވެސް އެސްޓީއޯއިން ދަނީ ކިލޯއެއް 20 ރުފިޔާ އަށް ވިއްކަމުންނެވެ. އޭގެ އިތުރުން ބާޒާރަށް ދިމާވެފައިވާ ކާށީގެ ތާށިކަން ހައްލުކުރުމަށް އެސްޓީއޯ އިން ވަނީ، ހޯލްސޭލްކޮށް ކާށި ގަންނަން ބޭނުންވާ ފަރާތްތަކުން އެކަން އަންގައި ބުކް ކުރުމުން އެ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ކާށި ގެނެސްދޭނެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ވަނީ އެ އުސ TechWaves Box ޫލުން ފިޔާ ގެނެސްގެން ހޯލްސޭލްކޮށް ވިއްކައިފަ އެވެ. އެފަހަރު ފިޔާ ވެސް ގެނެސްދިނީ ކުރިއާލައި ބުކް ކުރި ވިޔަފާރިތަކަށެވެ.

ކާށީގެ ސްޓޮކް ހޯދަން ބޭނުންވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި 7291124 އަށް ވައިބަ މެސެޖް ކޮށްގެން ވެސް ބުކް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ދަނީ ބްކިންގ ލިބޭ ވަރަކުން އިންޑިއާއިން ކޮންމެ 10 ދުވަހަކުން ކާށީގެ ޝިޕްމެންޓް ގެންނަން ތައްޔާރުވަމުންނެވެ. އެގޮތުން ބްކިންގ ހެދުމަށްފަހު ފައިސާ ދައްކަންޖެހޭނީ ޝިޕްމަންޓް އައުމުން ދިވެހި ރުފިޔާއިން ކަމަށް އެސްޓީއޯއިން ބުނެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙