މުޙައްމަދު ވިޝާންމިއަހަރުގެ ފެބުރުއަރީ މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %5.4 އިތުރުވެއްޖެއެވެ.
މިއަހަރުގެ ފެބުރުއަރީ މަހު މީރާއަށް އާމްދަނީގ
ެ ގޮތުގައި 2.47 ބިލިޔަން ރުފިޔާ ވަނީ ލިބިފައިވާއިރު މި އަދަދަކީ މިދިޔައަހަރުގެ ފެބްރުއަރީމަހު ލިބުނު އާމްދަނީއަށްވުރެ %5.4 އިތުރު އަދަދެކެވެ.
ފެބުރުއަރީ މަހު ޖީއެސްޓީ ގެ ގޮތުގައި 1.23 ބިލިޔަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސް ގެ ގޮތުގައި 401.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިޔަން ރުފިޔާ އާއި، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 102.4 މިލިޔަން ރުފިޔާ އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
Monthly reve
— Maldives Inland Revenue Authority (@MIRAmaldives) March 10, 2025nue collection for February 2025 has been published 📈
To read it please click: https://t.co/qtOXKkM4mc pic.twitter.com/lTEiJShzdX
އާމްދަނީ ލިބޭ 12 ދާއިރާއަކުން މިދިޔަ އަހަރުގެ ފެބްރުއަރީ މަށްވުރެ އާމްދަނީ ދަށްވި ނަމަވެސް 21 ދާއިރާ އަކުން މިދިޔަ އަހަރުގެ ފެބްރުއަރީމަހަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވެއެވެ.
މި މުއްދަތުގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.