5 ޑިސެމްބަރު 2025

އުވާލަން ނިންމި އެގްރޯނެޓްގެ މަސައްކަތް އަލުން ފަށަނީ

މުޙައްމަދު ވިޝާން
8 މަސް ކުރިން

ޙަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުވާލަން ނިންމަވާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް ގެ މަސައްކަތްތައް އަލުން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ވަޒީރު 3cx Box ންގެ މަޖިލީހަށް ހުށައަޅުއްވާ، އެ ނިންމެވުމަށް ބަދަލު ގެންނަވާ، އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށްވެސް ވަނީ ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުމުގައި ހަމަޖައްސަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙