އަޙްމަދު ފައުޒާންމޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 5 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި މިރޭ ކުރި ޕޯސްޓެއ
ްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި ރޭ މާލޭގެ ހީނާމާގޭ ޕާކިންގު ސަރަހައްދުގައި އުޅެމުންދިއަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ރެއިޑުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 05 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމ
ުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.