1 ޖުލައި 2026

ހައްދުންމަތީ އަތޮޅު ކައުންސިލުން އެ އަތޮޅު ސުކޫލުތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

ހައްދުންމަތީ އަތޮޅު ކައުންސިލުން އެ އަތޮޅު ސުކޫލުތަކަށް މާލީ އެހީ ދިނުމަށް ނިންމައި އެ ހީއަށް އެދުމުގެ ފުރުސަތު އެ އަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިފި އެވެ.

އެހީއަށް އެދި ހުޅުވާލާފައިވާކަން ބަޔާންކޮށް ހައްދުންމަތީ އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެ 3cx Box އަތޮޅުގެ ސްކޫލްތަކުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަގުސަދުގައި ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅުގެ ސްކޫލްތައް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލްތަކުގައި ހިންގަން ބޭނުންވާ ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ކަންކަން ރަނގަޅުކުރުމަށް ރާވާ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ބޭނުންވާ ސްކޫލްތަކުން، އެ ހީއަށް އެދި ފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުހެ  13 ވަނަ ދުވަހުގެ 14:00 ގެ ނިއަލަށް ވަނީ ހުޅުވާލާފައެވެ. 

އަދި ޕްރޮޕޯސަލް އީމެއިލް ކުރައްވަން ބޭނުންވާ ސްކޫލ TechWaves Box ުތަކުން Planning@laamu.gov.mv  އަށް ފޯމާއި ޕްރޮޕޯސަލް އީމެއިލް ކުރެއްވުމަށްވެސް އިއުލާނުގައި ބުނެފައެިވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙