1 ޖުލައި 2026

މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ކުދިން

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ކުދިން ވަށްދަން އެދެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެހުނ TechWaves Box ްނެވި ޢަލީ މުފީދު ވިދާޅުވީ އޭޕްރީލްމަހު ފަށާ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ތައުލީމީ ވުޒާރާއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވާލި ފުރިުސަތުގައި ގްރޭޑް 1 އަށް ވަނުމަށް 5700 އަށްވުރެ ގިނަ ދަރިވަރުން އެދިފައިވާ ކަމަށާއި އޭގެ ތެރެއިން 2000 އަށްވުރެ ގިނަ ދަރިވަރުން ވަންނަން އެދިފައިވަނީ މާލެ ސަރަހައްދުގެ ސްކޫލު ތަކަށް ކަމުގައެވެ.

މުފީދު ވިދާޅުވީ އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލުތައް ކަމަށްވާތީ އެ ސްކޫލްތަކަށް ވައްދާފައިވާ ދަރިވަރުންނަށްވެސް އޮރިއެންޓޭޝަންތައް ބާއްވާފައިވާކަމަށެވެ.

މުފީދު ވިދާޅުވީ ބައެއް ދަރިވަރުންގެ އުމުރާ ގުޅިގެން ގްރޭޑް 1 ނުވަތަ އެލްކޭޖީގައި ރ 3cx Box ިޕީޓު ކުރުމަށްވެސް ވަރަށް މަދުންނަމަވެސް އެދިފައިވާކަމަށެވެ. އަދި އެގޮތަށް އެދިފައިވާ ބެލެނިވެރިންނަށްވެސް މިދިޔަމަހުގެ 20 ވަނަ ދުވަހާހަމައަށް ކުރަންޖެހޭ ކަންކަން ނިންމުމަށްފަހު ބެލެނިވެރިންނަށް އަންގާފައިވާކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.

 

An error has occurred. This application may no longer respond until reloaded. Reload 🗙