މުޙައްމަދު ވިޝާންއއ ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އަލިފާ
ނުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރުކަމަށާއި، އެމީހުންނަށް ފަރުވާދިނުމަށް އައިޖީއެމްއަޗަށް ގެންގޮސްފައިވާކަމަށެވެ.
އެ ރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައިވަނީ 31 އަހަރުގެ ފިރިހެނަކަށާއި އޭނާގެ އަނބިމީހާ އަށެވެ.
އައިޖީއެމްއެޗުން ބުނީ އެ ދެމީހުންގެ ގައިގެ ވަ
ރަށް ބޮޑު ބައެއް ފިހިފައިވާކަމަށާއި، ހާލު ސީރިއަސްކަމަށެވެ. އެމީހުންނަށް ފަރުވާދެމުންދަނީ އެމެޖެންސީގައިކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ
އެ އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައިކަމަށް މީސް މީޑިއާގައި ބުނި ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.