މުޙައްމަދު ވިޝާންފުލުހުންގެ މުއައްސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 24 އިން 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރ
ާމަކީ މި މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ އެ މުވައްސަސާގެ 92 ވަނަ އަހަރީ ދުވަހާ ދިމާކޮށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އަދި އެ ޕްރޮގްމަކީ ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، އެ ޕްރޮގްރާމަކީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށްވެސް ފުލުހުން ބުނެއެވެ.
ދިވެހި
— Maldives Police (@PoliceMv) March 25, 2025ފުލުހުންގެ ޚިދުމަތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފިhttps://t.co/bQim0SoeiI pic.twitter.com/rquOs0FPMi
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ދަނީ ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައެވެ.