މުޙައްމަދު ވިޝާންސިފައިންނާއި ސަރުކާރުގެ ކުންފުނިތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލޭގައި ކުގަދަކޮށް އިދު ފާހަގަކުރަން ނިންމައިފިއެވެ.
އެގޮތުން އެ މުވައްސަސާތައް ގުޅިގެން ހިންގ
ާ ހަރަކާތްތައް މާލޭގެ 3 ސަރަހެއްދެއްގައި ހަވީރު 4 އިން 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްއިން ވިދާޅުވީ، މާލޭގެ 3 ސަރަޙައްދެއްގައި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި،އެ ސަރަހައްދު ތަކަކީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމައްޗާއި، އަދި ޖުމްހޫރީ މައިދާން ސަރަޙައްދު ކަމަށެވެ.
ޢީދު ދުވަހުގެ ހަވީރު ބާއްވާ ޙަރަކާތްތަކުގެ ތެރޭގައި އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހު ދިވެހީން ކުޅެއު
ޅުނު ކުޅިވަރުތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުންވެސް އޮންނާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި އެމްއެންޑީއެފް އަދި ފުލުހުންގެ އުޅަނދުތައްކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ ބަރު ހަރިޔާރުތައް ދައްކާލުމާއި، ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ހަމައެއާއެކު ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އަދި މި ހަރަކާތްތަކުގެ ތެރޭގައި ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވއެއް ދައްކާލުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ މައިދާނުގައި ފެނުގެ އެކި ކުޅިވަރުތައް ކުރިއަށްދާނެކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.