3 ޖުލައި 2026

ތެލެސީމިއާ މުޒާހަރާއާ ގުޅިގެން ދެމީހަކު ވަޒީފާއިން ވަކިކޮށްފި

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

ޝަކުވާތައް ބޮޑުވުމުން ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ތެލެސީމިއާ ސެންޓަރުގެ އިސް ދެ ވެރިޔަކު މަގާމުތަކުން ވަކިކޮށް އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ ބަލި މ 3cx Box ީހުންނާއި އެ މީހުންގެ އާއިލާތަކުން ވަނީ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.

އެ މީހުން މުޒާހަރާކޮށްފައި ވަނީ ލިބެން ޖެހޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބި ދިގުލައިގެން ދިއުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެމްބީއެސް ހިންގުމާ ހަވާލުވެ ތިއްބެވި ފަރާތްތަކާ އެކު ބައްދަލުވުމެއް ބޭއްވި ނަމަވެސް ހައްލަކާ ހަމައަށް ދެވިފައިނުވާ ކަމުގެ ޝަކުވާ އެ މީހުން ކުރި އެވެ.

މުޒާހަރާއާ ގުޅިގެން ޖެހިގެން އައި ދުވަހު ރައީސް ޑރ. މުހައްމަދު މ TechWaves Box ުއިއްޒު ވަނީ އެތަނަށް ޒިޔާރަތްކުރައްވައި ތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިބި ޕޭޝަންޓުންނާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންވެސް ރައީސް އޮޅުން ފިލުއްވެވި އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙