4 ޖުލައި 2026

އައްޑޫ ކަރަންޓުގެ މައްސަލަ: އިތުރު ޖަނަރޭޓަރެއް ގެންގޮސްފި

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ސިޓީއަށް 1.8 މެގަވޮޓުގެ ޖެނެރޭޓަރެއް ފޮނުވައިފި އެވެ.

ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވ 3cx Box ަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން 3 ޖެނެރޭޓަރު ސެޓަށް ވަނީ މައްސަލަތައް ދިމާވެފައިވާ ކަމަށާ އަދި އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފެނަކައިން މިދިޔަ މަހު ބުނެފައިވެ އެވެ.

ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލުކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ އިތުރު ޖެނެރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އެހެންނަމަވެސް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެ TechWaves Box ކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން މި ރޯދަ މަހު ވެސް ދަނީ ކަރަންޓު ކަނޑަމުންނެވެ. މައްސަލައަށް ހައްލު ހޯދައިދެވިފައި ނުވާތީ އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފެނައިގެ އިސްވެރިންނާ ބައްދަލުކުރުމުގެ އިތުރުން މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅާފައިވެ އެވެ. ކަމާ ގުޅިގެން އައްޑޫ ސިޓީގައި މުޒާހަރާ ވެސް ވަނީ ކޮށްފަ އެވެ.

ފެނަކައިން ވަނީ މިދިޔަ މަހު އެ ސިޓީއަށް 1.8 މެގަވޮޓުގެ ޖެނެރޭޓަރެއް ފޮނުވާފަ އެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ގެންގޮސްފައިވެ އެވެ. އެ ދެ ޖެނެރޭޓަރު އިންސްޓޯލްކޮށް ދަނީ ބޭނުންކުރަމުންނެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙