އަޙްމަދު ފައުޒާންބަންގްލަދޭޝްގެ އިތުރު ފަސް މެޑިކަލް ކޮލެޖަކުން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ހެދުމުގެ ފުރުސަތު އެ ގައުމުން ދީފި އެވެ.
ދިވެހި ދަރިވަރުން އެމްބީބީއެސް ހެެދުމަށް ފަހު މިހާރުވެސް ބަންގްލަދޭޝްގެ ކޮލެޖުތަކުގައި އިންޓާނ
ްޝިޕް ދަނީ ފުރިހަމަ ކުރަމުންނެވެ. އެހެންނަމަވެސް މެޑިސިން ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް ވަރަށް ބޮޑަށް އިތުރުވަމުންދާއިރު އިންޓާންޝިޕް ހެދުމަށް ލިބޭ ފުރުސަތު މަދުވެ، އިންޓާންޝިޕް ނިންމުމުގެ މަރުހަލާ ދިގުލައިގެން ދާތީ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބަންގްލަދޭޝްއިން އިންޓާންޝިޕް ފުރުސަތު މިހާތަނަށް ލިބެމުން އައީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ މައްސަލަ ހައްލުކުރުމަށް ފޮރިން
މިނިސްޓްރީ އާއެކު ކުރި މަސައްކަތުގެ ތެރެއިން އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ ފަސް ކޮލެޖަކީ:
މި ފަސް ކޮލެޖަކީވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ކޮލެޖުތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އިންޓާންޝިޕްގެ ފުރުސަތު ރާއްޖެއިން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މި އަހަރު ސަރުކާރު ހޮސްޕިޓަލުތަކުގައި އިންޓާންޝިޕް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.