އަޙްމަދު ފައުޒާންރޯދަ މަހުގެ މެދު ދިހައިގައި ޒަކާތުގެ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ލިބި ރެކޯޑެއް ހަދައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ވަ
ނީ ފާއިތުވި ފަސް އަހަރުގެ ރޯދަ މަހުގެ މެދު ދިހައިގައި ލިބުނު ޒަކާތުގެ ތާފާސް ހިސާބުތައް އާންމުކޮށްފަ އެވެ.
އެގޮތުން މި ރޯދަ މަހުގެ މެދު ދިހައެއްގައި 4.7 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބުނު ކަމަށް މިނިސްޓްރީން ބުންޏެވެ. އެ އަދަދާ އެންމެ ގާތަށް ވެސް ރޯދަ މަހުގެ މެދު ދިހައެއްގައި ޒަކާތުގެ ގޮތުގައި ލިބުނީ 2023 ވަނަ އަހަރުގެ ރޯދަ މަހު އެވެ. އެއީ 3.3 މިލިއަން ރުފިޔާ އެވެ.
މިދިޔަ ފަސް އަހަރުގެ ރ
ޯދަ މަހުގެ މެދު ދިހައިގައި ބަލައިގަނެވުނު ފިތުރު ޒަކާތުގެ ތަފާސް ހިސާބު:
އެހެންކަމުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެސް ރޯދަ މަހުގެ މެދު ދިހައެއްގެ ތެރޭގައި އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ލިބުނީ މި އަހަރު އެވެ.
ފައިސާއިން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ޕްލެޓްފޯމްތަކުންނާއި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ޒަކާތް ދެއްކުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އަދި އޭގެ އިތުރުން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ގޮވާމުން ޒަކާތް ދެއްކުމުގެ ފުުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.