6 ޖުލައި 2026

ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވެއްޖެ

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވާތީ އެމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ފުލުހުންގެ ސައިބަ ކްރައިމް ޑިޕާޓްމަންޓުން ބުނީ ވައިބަ ހެކްކޮށްގެން ވައިބަރ TechWaves Box އިން މެސެޖް ފޮނުވައިގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށާއި، އެފަދަ މެސެއްޖެއް ކުރުމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީން ކުރުމަށް އެދޭ ކަމަށެވެ.

ރާއްޖޭގައި ސައިބަރ ކަރައިމް އިތުރުވަމުންދާތީ މީގެ ކުރިންވެސް ފުލުހުންގެ އިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.

އެހެންކަމުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ 125 ނަންބަރު ފުލުހުން ވަނ 3cx Box ީ ތައާރަފް ކޮށްފައެވެ. އެގޮތުން ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ނެޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙