މުޙައްމަދު ވިޝާންތިނަދޫ ސިޓީ ކައުންސިލުން ކުރު މުއްދަތުގެ 50 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވ.
އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ޖަމ
ާއަތަކަކާ ގުޅިިގެން ކުރު މުއްދަތުގެ ސްކޮލަޝިޕް ފުރުސަތުތަކަކަށް އެ ކައުންސިލުން ހުޅުވާލާފައިވާ ކަމަށާއި، ސްކޮލާޝިޕްތަކަށް އެދޭ ފަރާތްތަކުން 8 އޭޕްރީލް 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ.
ސްކޮލަޝިޕް ޕްރޮގްރާމްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ އާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއާި، އިމާރާތްކުރުމާއި އިންޖިނިއަރިންގެ ދާއިރާ ޢާއި، އުނގަންނައި ދިނުމާއި ތައުލީމީ ދާއިރާ އާއި، އިންފޮރމޭޝަން ޓެކްނޮލޮޖީއާއި އާއި ޑިޖިޓަލް ދާއިރާ، އަދި ވިޔަފާރި އާއި މެހުމާންދާރީ އަދި ކަސްޓަމާ ސާވިސްގެ ދާއިރާ ހިމެނެ އެވެ.
ކޯސްތަށް ފެށުމަށް ހަމެޖެހިފައިވަނީ މިއަހަރުގެ މެއި ނުވަތަ ޖޫން މަހު ކަމަށާއި،
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަހަރުގެ ޖަނަވަރީ 1 އަށް 45 އަހަރު ނުފުރޭ އަދި ގްރޭޑް 10 ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން ތިނަދޫގެ ރައްޔިތުންނަށާއި، ތިނަދޫއަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށެވެ.
ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:15 ގައި ތިނަދޫ އާބާދީ މަރުކަޒުގައި އޮންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނު: Gazette