މިނިވަންފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމާ ގުޅޭ ގޮތުން ބޭއްވި ބައިނަލްއަގުވާމީ މަތީފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރގެ ހައިސިއްޔަތުން ވބައިވެރިވުމަށްވުރެ، މާލޭގައި ބޭއްވި ޖާފަތެއްގައި ބައިވެރިވުން ފޮރިންގ މިނިސްޓަރަށް މުހިންމުވީތީ ހިތާމަކުރައްވާ ކަމަށް އިދިކޮޅު ލީޑަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ ފޮރިންގ މިނިސްޓަރ އަބްދުﷲ ހަލީލް، ފަލަސްތީނުގެ މައްސަލަ ސުލްހަވެރިކ
ަމާއެކު ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލެއް ތަންފީޒުކުރުމާ ބެހޭ ހައިލެވެލް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއް ހިއްސާ ކުރައްވައި ފައްޔާޒު އިސްމާއިލްގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޕޯސްޓްގައި ފޮރިންގ މިނިސްޓަރ ހަލީލަށް އިޝާރަތްކުރައްވައި ވިދާޅުވފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުން ހަލުވިކޮށް، މެދުއިރުމައްޗާއި ދުނިޔެ ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިކޮށްދޭ ވަރަށް މުހިންމު ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވާކަން އެނގުމަކީ ޙަޤީޤަތުގައިވެސް ލިބޭ ހިތްވަރެއް ކަމަށެވެ.
ނަމަވެސް މި ކޮންފަރެންސްގައި ރާއްޖެއިން އެންމެ މަތީ
ފަންތީގައި ތަމްސީލު ކުރުމުގެ ބަދަލުގައި ޖާފަތެއްގައި ބައިވެރިވުމަކީ މިނިސްޓަރު ހަލީލް ކުރެއްވި ވަރަށް ލަދުވެތި އަދި ހިތާމަވެރި އއަމަލެއް ކަމަށެވެ.
މީގެ އިތުރުން ފަލަސްޠީނަށް އޮތް ތާއީދާއި އެއްބައިވަންތަކަމާއި ބެހޭގޮތުން ރާއްޖެ އިސްކަންދޭ ގޮތުގެ މުހިންމު މެސެޖެއް މި ފޮރިންގ މިނިސްޓަރުގެ މި އަމަލުން ލިބިދޭ ކަމަށްވެސް ފައްޔާޒް ވިދާޅުވެފައިވެއެވެ.