މުޙައްމަދު ވިޝާންއޮގަސްޓް ބާރަ ތޭރަ ގައި ރައްޔިތުން ނިކުންނަން މަޖުބޫރުކުރިވި ހާލަތާ، އަނެއްކާވެސް 21 އަހަރު ފަހުން މިވަނީ ކުރިމަތިލާންޖެހިފައި ކަމަށް އިދިކޮޅު ލީޑަރ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ހައްގުތައް ހޯދުމަށް އެމްޑީޕީން ނިކުމެ ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އޭރުގެ ސަރުކާރަށް އެންމެ ބޮޑު ސިހުމެއް ގެނުވި އެއްވުން
ކަމަށްވާ 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13 ގެ އެއްވުމަށް 21 އަހަރު ވުން ފާހަގަކޮށް ފައްޔާޒު އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ދިވެހިން މިއަދު މިދެކޭ ގާނޫނުއަސާސީއާއި، މި ހައްގުތައް ލިބިގެން ދިޔައީ މީގެ 21 އަހަރު ކުރިން މިދުވަހު، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތޮށިގަނޑު ފަޅާލާފައި ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
އަޅުގަނޑުމެން މިއަދު މިދެކޭ ގާނޫނުއަސާސީއާއި، މި ހައްގުތައް ލިބިގެން ދިޔައީ މީގެ 21 އަހަރު ކުރިން މިދުވަހު، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތޮށިގަނޑު ފަޅާލާފައި ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖާއެއްގެ ގޮތުން. އޮގަސްޓް 12، އަދި 13 ވަނަ ދުވަހުގެ ހަނދާން މި އާ… pic.twitter.com/TMS6P6reso
— Fayyaz Ismail (@faya_i) August 12, 2025
އަދި ފައްޔާޒުގެ ޕޯސްޓްގައި އޮގަސްޓް 12، އަދި 13 ވަނަ ދުވަހު އެ ނުރައްކާތެރި ހާލަތާ ކުރިމަތިލައި، އެ ހާލަތުގެ މައްޗަށް ކުޅިފަސް ހޯދުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހައި ބޭފުޅުންނަށް ހައްގު ޝުކުރާއި ތައުރީފު އަރިސްކޮށް އެ ބޭފުޅުންގެ މަތިން ހަނދާން އާކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ފައްޔާޒުވަނީ 21 އަހަރު ފަހުން އަނެއްކާވެސް، ގައުމުގެ މިސްރާބު ހުރީ އޭރުގެ ހާލަތަށް ކަމަށް ވިދާޅުވެ، އެ ދުވަހުގެ ހަރަކާތުން ހިތްވަރު ލިބިގަނެ، މިއަދާއި މާދަމާ ސަލާމަތްކުރުމަށް، މިއަދުގެ ހާލަތަށް އެކަށޭނަ، އަދި ނަތީޖާ ނެރެވޭނޭ އުސޫލަކުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.