7 އޯގަސްޓް 2026

މީޑިއާ ބިލާ ދެކޮޅަށް ނިކުތުމަށް ހިތްވަރުދިން ޒުވާނަކު ހައްޔަރުކޮށްފި

މުޙައްމަދު ވިޝާން
11 މަސް ކުރިން

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅިގެން އެކްސްގައި ޕޯސްޓުތަކެއް ކުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑް TechWaves Box ކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް "އެކްސް"ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގައި، ސ،ހިތަދޫ / އަތަމާވިލާ، ޢަލީ ޢާނިމް މުފީދު (29އ) ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮސްފައިވާ ކަމަށެވެ.

އާނިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ:

1 – ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު – ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނ 3cx Box ެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މަޢުލޫމާތު ފެތުރުން – 10 ވަނަ މާއްދާގެ (ހ) ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޜަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުރުމުގެ ކުށް.

2 – ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު – ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުން – 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު؛ ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން.

3 – ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު – ކުށެއް ކުރަން އުޅުން – 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙