7 އޯގަސްޓް 2026

މީޑިއާ ރެގިއުލޭޓަރީ ކައުންސިލް ބޭނުންކޮށްގެން މީޑިއާތައް ބަންދުކުރުމުގެ ބާރު މިހާރު ހުށަހަޅާފައިވާ ބިލުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ: ފައްޔާޒް

މުޙައްމަދު ވިޝާން
11 މަސް ކުރިން

މީޑިއާ ރެގިއުލޭޓަރީ ކައުންސިލް ބޭނުންކޮށްގެން މީޑިއާތައް ބަންދުކުރުމުގެ ބާރު މިހާރު ހުށަހަޅާފައިވާ ބިލުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ކަމަށް އިދިކޮޅު ލީޑަރ އެމްޑީޕީގެ ޗެއާޕާޗަން ފައްޔާޒް އިސްމާއިލް ވިދަޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ ބެހޭ TechWaves Box ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އަލަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލަކީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ގެއްލުވާލުމަށް ކުރާ އިތުރު ނުބައި ސިއްރު މަސައްކަތެއް ކަމަށެވެ.

އަދި މިނިވަން މީޑިއާއަކީ ޑިމޮކްރަސީއެއްގައި އެންމެ އަސާސީ އެއް ގުނަވަން ކަމަށާއި، މިހާރު ހުށަހަޅާފައިވާ ބިލުން "ރެގިއުލޭޓަރީ" ކައުންސިލްގެ މައްޗަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީފައިވާ ކަމަށާއި، އެކަމަކީ ނޫސްވެރިންނަށާއި މީޑިއާތަކަށް ދޭންޖެހޭ ޒަރޫރީ ރައްކާތެރިކަން މި ގާނޫނުން ނިގުޅައިގަތުން ކަމަށެވެ.

މީގެ އިތުރުން ހުރިހާ ބާވަތެއްގެ ޚިޔާލު ތަފާތުވުންތައް ކަނޑުވާލައި، މިނި 3cx Box ވަން މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، މަނާކޮށް، ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިދެއެވެ. ޙަޤީޤަތް ބުނުމަކީ އަނިޔާވެރިކަމަށް ފުދޭނެ އަސާސެއް ކަމުގައި ވާ ޒަމާނަކަށް އަޅުގަނޑުމެންނަކަށް އެނބުރި ނުދެވޭނެއެވެ. 

އަދިވެސް ފައްޔާޒުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެ ބިލުގައި ވާގޮތުން އެ ބިލު ގާނޫނަކަށްވުމުން އެކުލަވައިލާ މީޑިއާގެ ރެގިއުލޭޓަރީ ކޮމިޝަންގެ މައްޗަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮންނާނެ ކަމަށެވެ. އަދި އެ ބިލު ޤާނޫނަކަށް ވުމުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް، މިނިވަން މީޑިއާތައް ހުއްޓުވައި، ޖޫރިމަނާކުރުމުގެ އިތުރުން އިދިކޮޅުގެ އަޑު ކަނޑުވާލުމަށް އެއްވެސް ހުރަހެއް ނެތި ބާރުތައް ލިބިދީފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙