މިނިވަންރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން އއ އުކުޅަހު ކައުންސިލުން ހަދާފައިވާ އެރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ހިންގުމ
ުގެ އެންމެ މުހިއްމު އެއް މަގްސަދަކީ މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށުން މިނިވަންވެ އެ ރަށެއްގެ ރައްޔިތުން އެރަށެއްގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރުތައް ގެނެސް ދިނުމެވެ.
އެގޮތުން ރަށްރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހެދުމަކީ ވެސް އެރަށުގެ ރައްޔިތުންނަށް މިހާރު ދޫކޮށްލާފައިވާ ބާރެކެވެ. އެހެންކަމުން ބިނާވެށި ޤަވާއިދާ އެއްގޮތައް ރައްޔިތުންގެ ހިޔާލާއި ބަސް ހޯދައިގެން ކައުންސިލުން ހަދާފައިވާ އެރަށެއްގެ ބިން ބޭނުންކުރުމުގެ ޕްލޭން ފާސްކުރުމަށް ކަމާ ގުޅޭ މިނިސްޓްރީއަށް ފޮނުވުމުން ރައީސް ބޭނުންވާ ގޮތަށް އެ ޕްލޭން ބަދަލުކޮށް ތިޔަރަށުން މިގޮތަށޭ މިކަމެއް ކުރަންޖެހޭނީ ރައީސް ވިދާޅުވުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ.
ނަމަވެސް އުކުޅަހަށް ރައީސް މުއިއްޒު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ދެއްކެވި ވާ
ހަކަފުޅުގައި ވިދާޅުވީ އުކުޅަހު ކައުންސިލުން މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭން ހަދާފައިވާ ގޮތް އެމަނިކުފާނަށް ކަމުނުދާ ކަމަށާއި، ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކުރާއިރު، ލޯކަލް ޓޫރިޒަމް އަށް ކަނޑައަޅާފައިވާ ބިންތައް ބަދަލު ކުރާނެ ކަމަށެވެ.
އަދި އެ ބަދަލު ތަކާއެކު އަންނަ ހަފްތާގައި އެބަދަލުތައް ގެނެސް ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ކައުންސިލާ ހަވާލުކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރަށްރަށުގެ ލޭންޑްޔޫސް ޕްލޭނަކީ ބިނާވެށި ޕްލޭން ކުރުމުގެ ޤަވާއިދުގެ ދަށުން އެކުލަވާލާ ޕްލޭނަކަށްވާތީ ރަށްރަށުން ލޭންޑްޔޫސް ޕްލޭން ހެދުމަށްފަހު ބިނާވެށި ޕްލޭން ކުރުމުގެ ޤަވާއިދު ހިންގާ މިނިސްޓަރީއަށް އެ ލޭންޑްޔޫސް ޕްލޭން ފޮނުވަނީ އެ މިނިސްޓަރީން ބޭނުންވާގޮތައް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތައް އެ ޕްލޭން ބަދަލުކުރާކަށް ނޫނެވެ. ލޭންޑް ޔޫސް ޕްލޭން މިނިސްޓަރީ އަށް ފޮނުވަނީ އެ ލޭންޑް ޔޫސް ޕްލޭން ހަދާފައިވަނީ ބިނާވެށި ޤަވާއިދާ އެއްގޮތައް ކަން ކަށަވަރުކޮށް ބިނާވެށި ޤަވާއިދުގައި ބުނެފައިވާގޮތުގެ މަތިން އެ ލޭންޑްޔޫސްޕްލޭން ފާސްކޮށްދިނުމަށެވެ.
ނަމަވެސް ރައީސް މުއިއްޒު އެ ބަސްފުޅުން ހާމަވެގެންދިޔައީ ލާމާރުކަޒީ ޤާނޫނުން ކައުންސިލްތަކާއި އެރަށުގެ ރައްޔިތުންނަށް ލިބިދީފައިވާ ބަރުގެ ދަށުން ރައްރަށުގެ ރައްޔިތުން ނިންމާ ނިންމުންތަކަށްވުރެ ނުވަތަ އެ ރަށެއްގެ ރައްޔިތުންނަށްވުރެ ބޮޑަށް އެރައްޔިތުންނަށް ބޭނުންވަނީ ކޮންކަމެއްކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވާ ކަމެވެ.