މުޙައްމަދު ވިޝާންވިލާއިން ކާޑެއްދޫ އެއްބަސްވުމާ އެއްގޮތަށް އަމަލެއް ނުކުރޭ! އެއްވެސް ބަދަލެއް ނުދީ ސަރުކާރުން އެއްބާސްވުން ބާތިލް ކުރެވޭނެ، ދޭން އުޅޭ ބަދަލަކީ ޤާނޫނާ ހިލާފު އެއްވެސް އަސާސެއް ނެތް ބަދަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ލީގަލް ސެކްރެޓަރީ އަހްމަދު މައރޫފު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ވިލާއަށް 18 މިލިއަން ޑޮލަރު ދެއްވުމަށްފަހު ކާޑެއްދޫ އެއާޕޯޓު އެއްބަސްވުން ބާތިލުކުރަނ
ް ވިލާ އަށް ހުށަހަޅާފައިވާ މައްސަލާގައި މައުރޫފު ވިދާޅުވީ ސަރުކާރުން އެއްވެސް ބަދަލެއް ވިލާއަށް ދިނުމަކާނުލައި އެއްބަސްވުން ބާތިލުކޮށް އެއާޕޯޓް ސަރުކާރަށް ނެގޭނެ ކަމަށެވެ. ސަބަބެއް ކަމުގައި މައުރޫފް ވިދާޅުވެފައިވަނީ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް ވިލާއިން އަދާކޮށްފައި ނުވުމެވެ.
ވިލާއެއާ އާއިއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ބައެއް ތަފްސީލުތައް ދެއްވަމުން މައުރޫފް ވިދާޅުވެފައިވަނީ ސަބަބެއް ކަމުގައި މައުރޫ ވިދާޅުވީ އެންމެ ފުރަމަ ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަށް ދިނުމުގެ އެއްބަސްވުމެއް ހަދާފައިވަނީ 2013 ވަނަ އަހަރު ކަމަށާއި، ނަމަވެސް 2017 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން އުވާލުމުން ވިލާއިން އެ މައްސަލާގައި 2018 ވަނަ އަހަރު ސިވިލް ކޯޓަށް ދިއުމުން އެއްބަސްވުން ސަރުކާރުން ބާތިލުކޮސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް އެ ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން
2019 ވަނަ އަހަރު ހައިކޯޓުންވެސް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައިވާ ކަމަށެވެ. އެއަށްފަހު 2021 ވަނަ އަހަރު ސުޕްރީމް ކޯޓުންވެސް އެ ހުކުމް ދަމަހައްޓާފައިވާކަމަށް މައުރޫފް ވިދާޅުވެފައި ވެއެވެ.
Unreasonable, Unjustifiable and unlawful dealings in progress!
— Ahmed Mauroof (@ahmedmauruf) August 22, 2025
There is no valid reason for the govt to ‘compensate’ Villa Air (VA) over Kadeddhoo Airport (KDM).
No significant investments made by VA.
They have failed to fulfill their obligations under the agreement.
At this…
އެހެންކަމުން 2022 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން އަލުން އިއާދަކޮށް މާޗް 1، 2022 ގައި ސޮއިކުރި 50 އަހަރުގެ ކުއްޔަށް ދިނުމުގެ އާ އެއްބަސްވުމުގެ ދަށުން ވިލާ އެއާ އިން 7 އަހަރު ދުވަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރަން ލާޒިމްކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އެއްބަސްވުމުގެ ފުރަތަމަ އަހަރު - ސީއޭއޭ ސެޓިފައިޑް މިންގަނޑުތަކާ އެއްގޮތަށް ޑޮމެސްޓިކް ފެސިލިޓީތަކާއި އޮޕަރޭޝަންތައް އެ އެއާޕޯޓްގައި ގާއިމްކުރުމަށް ލާޒިމް ކޮށްފައިވާނެ ކަމަށާއި، އެއްބަސްވުމުގެ 7 ވަނަ އަހަރާ ހަމައަށް - ސީއޭއޭ ސެޓިފައިޑް މިންގަނޑުތަކާ އެއްގޮތަށް ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ކުރެވޭ މިންގަނޑަށް އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި ހުންނަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށްވެސް ލާޒިމް ކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް ވިލާ އެއާއިން އެ އެއްބަސްވުމުގެ ފުރަތަ އަހަރުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓްގައި ގާއިމްކުރަންޖެހޭ އެއްވެސް ކަމެއް ގާއިމް ނުކުރާ ކަމަށާއި، އަދި އެއްބެސްވުމުގެ 4 ވަނަ އަހަރާއި ހަމައަށް އައި އިރުވެސް އެއާޕޯޓްގައި ވިލާ އެއާއިން ކުރުމަށް އެއްބަސްވުމުގައި ލާޒިމް ކޮށްފައިވާ ކަންކަން ކުރަން ފަށާފައިވެސް ނުވާކަމަށްވެސް މައުރޫފް ވިދާޅުވެފައި ވެއެވެ.
ނަތީޖާއެއްގެ ގޮތުން ގާނޫނީ ގޮތުން އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ސަރުކާރުން އެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ފުރުސަތު ސަރުކާރަށް އެ އެއްބަސްވުމުގެ ދަށުން ލިބިދީފައިވާ ކަމަށާއި، އަދި އެ ފިޔަވަޅު އެޅުމުގައި ވިލާއެއާއިން އެއްބަސްވޭތޯވެސް ބަލަން ނުޖެހޭނެ ކަމަށާއި، އަދި އެއްބަސްން ބާތިލު ކުރުމަށް ސަރުކާރުން ވިލާއެއާ އަށް ދޭންޖެހޭނެ އެއްވެސް ބަދަލެއް ދެވޭނެ. ވީއޭ އެއްބަސްވޭތޯ އެކަށީގެންވާ، އިންޞާފުވެރި، ޤާނޫނީ އެއްވެސް އަސާސެއް ނޯންނާނެ ކަމަށްވެސް މައުރޫފް ވިދާޅުވެފައި ވެއެވެ.