10 އޯގަސްޓް 2026

ސިޔާސީ މީހުން އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން، ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން: ފައްޔާޒް

މިނިވަން
11 މަސް ކުރިން

ސިޔާސީ މީހުން އެމީހުންގެ އަބުރު ރައްކާތެރިކުރާނީ ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެން ނޫން ކަމަށާއި، އެމީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރ ފައްޔާޒް އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ހުދުމުހުތާރު ވެ TechWaves Box ރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށެވެ. އެގޮތުން ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއްކަމަށެވެ.

އިތުރަށް ފައްޔާޒް ވިދާޅުވެފައިވަނީ އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ ކަމަށެވެ. އެގޮތުން ރައީސް ޑރ މުއިއްޒު ސަރިުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނެ ކަމަށެވެ.

އަދި ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން ކަމަށާއި، ދުލާއި ގަ 3cx Box ލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ޔާމީނުގެ ވެރިކަމަށް އިޝާރާތްކުރައްވައި، ވިދޅުވެފައިވަނީ މީގެ ކުރިން ވެސް ވެރިޔަކު އެގޮތަށް މަސައްކަތް ކުރެއްވިކަމަށާއި ނަމަވެސް އާހިރުގައި ކާމިޔާބު ނުވިކަމަށާއި އެގޮތުން އިރާދަކުރެއްވިއްޔާ މިފަހަރުވެސް ކާމިޔާބު ނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙