21 ޖޫން 2026

ތޮއިބާ ޝެއިހް ނިޔާވުމާގުޅިގެން އެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މިނިވަން
1 ގަޑިއިރު ކުރިން

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކަކަށް ފަހު ރޭ މެންދަމުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

މި ޚަބަރު ލިބިވަޑައިގަތުމާއެކު، ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާ ފުންއަސަރުތަކެއް އިޙްސާސްކުރުވި ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި އިސްލާމްދީނަށް މީހުން ހޭލުންތެރި ކުރުވުމަށް އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައި ވެއެވެ. އެގޮތުން އެމަނިކުފާނަކީ، ރާއްޖޭގައި ދީނީ ޢިލްމުފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅުކުރައްވާފައިވާ، އަދި ރާއްޖެއިން ބޭރުގައި ދީނީރޮނގުން މަތީތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައި ދެއްވާފައިވާ ބޭފުޅެއްކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ. އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ، އެތައް ބޭފުޅުންނެއްގެ އުސްތާޛެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައި ވެއެވެ.

އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީއެކިއެކި ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި، TechWaves Box މިހާތަނަށް 8 ފޮތަށްވުރެ ގިނަ ފޮތް އެކުލަވައިލައްވައި، އޭގެތެރެއިން ބައެއް ފޮތް ޝާއިޢު ކުރައްވާފައިވާ ބޭފުޅެއްކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ. އަލްމަރްޙޫމް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށް ކުރީސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ވަނީ، ދިވެހި ދަރިވަރުންނަށް ޢަރަބިބަހުން އިސްލާމްދީން އުނގަންނައި ދެއްވުމަށްޓަކައި "މަދަރުސާ ޠައިބާ"ގެ ނަމުގައި މަދަރުސާއެއް އުފައްދަވާފައެވެ. އަދި އެ މަދަރުސާގައި އެތައް ދިވެހި ދަރިވަރުންނަކަށް އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވާފައި ވެއެވެ. މާފަންނު މަސްޖިދު ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) މިހާރުހުރި ބިމުގައި އޭރު ބިނާކުރެއްވި އެ މަދަރުސާ ވެގެންދިޔައީ، މިހާރުވެސް ރާއްޖޭގައި ތިއްބެވި ވަރަށްގިނަ ދީނީ ޢިލްމުވެރިންގެ ޢިލްމީ ހިޔާވަހިކަމުގެ ބިންގާ ކަމުގައެވެ.

އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ވަނީ، ބައި ޤަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށާއި، އިސްލާމީ ޢިލްމު ފެތުރުއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުގެ އަގު ވަޒަންކުރައްވައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަށްވަނީ އަރުވާފައެވެ. ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅަކީވެސް، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދެވެ.

ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާ ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާ ރަޙުމަތުގައި އެމަރުޙޫމު ލެއްވުން އެދި ދުޢާކުރައްވާފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙