މޫސާ ނައުޝާދުމަސްތުވާތަކެތި ވިއްކާތީ އައްޑޫސިޓީ ހިތަދޫގެ އިތުރު ގެއެއް ކޯޓުއަމުރެއްގެ ދަށުން ބަންދު ކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކާ މައ
ްސަލައެއްގައި އައްޑޫ ސިޓީ ހިތަދޫގެ ”މައިލޯ ސިޓީ“ ގެ 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 2-156 ވަނަ މާއްދާގެ ދަށުން އައްޑޫ ސިޓީގެ ގެއެއް ބަންދު ކޮށއފައެވެ.
އެހެންކަމުން މި ގެއަކީ އެ ގާނޫނުގެޓ
ދަށުން މަސްތުވާތަކެތި ބޭނުންކު ރުމުގެ ހިދުމަތް ދޭ ތަނެއް ބަންދު ކުރުމަށް ހިތަދޫ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.
އެ ގާނޫނުގެ ދަށުން ފުރަތަމަ ނެރުނު ކޯޓުއަމުރަކީ އައްޑޫ ސިޓީ ހިތަދޫ ލާމިޔާގެ ބަންދުކުރަން ނެރުނު އަމުރެވެ. އެ ގެ ބަންދު ކުރަން މެއި ޖޫނއ 8 ގައި ނެރުނު އަމުރުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު މަހުގެ 6 އަށެވެ.
އެ އަމުރު ނެރުނު ފަހުން އެ ގެއަށް ވަދެ ނުކުމެ އުޅުނު 50 އަހަރުގެ މީހަކު ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ހައްޔަރު ކޮށއފައެވެ.
މަސްތުވާތަކެތީގެ ހިދުމަތް ދޭތީ މަރަދޫފޭދޫ އުއްމީދުގޭ ވެސް 90 ދުވަހަށް ބަންދުކުރަން އެ އަވަށު މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހުގެ 15 ގައި އަމުރެއް ނެރެފައިވެ އެވެ.