4 ޖުލައި 2026

ސިގިރެޓްގެ ޑިއުޓީ 50 އިންސައްތަ ކުޑަކުރާބިލު ރައީސް ތަސްދީގު ކުރައްވައިފި

މޫސާ ނައުޝާދު
1 ދުވަސް ކުރިން

ސިގިރެޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ހުށަހެޅި އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފި އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލ TechWaves Box ާހުގެ ދަށުން ސިގިރެޓަކުން ކުރިން ނަގަމުން އައި 8 ރުފިޔާގެ ބަދަލުގައި މި އިސްލާހަށް އަމަލުކުރަން ފެށުމުން ދެން ނަގާނީ 4 ރިފިޔާ އެވެ.

ސަރުކާރުގެ ފަރާތުނއ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ.

މިދިޔަ ޖޫން މަހު ހުށަހެޅި މި ބިލު ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލީހުގެ ކ 3cx Box ޮމެޓީއަށެވެ. އަދި މުޅި މަޖިލިސް ހިމެނޭ ކޮމެޓީން މި ބިލުވަނީ ސަރުކާރުން ހުށަހެޅިގޮތަށް ފާސްކޮށްފައެވެ. އެއަށްފަހު އެ ބިލު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ރައީސް ތަސްދީގުކުރައްވާތާ 30 ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙