މިނިވަންހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓުގެ ބޭނުން ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކްސް ގައި ކ
ުރެއްވި ޕޯސްޓްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށާއި އެގޮތުން ދުނިޔޭގައި ކޮމާޝަލް ފުލައިޓު ތަކުގެ ގޮތުގައި އެންމެ ގިނައިން ފސިންޖަރުން އުފުލާ ނެރޯބޮޑީ އެއާކްރާފްޓްތައް ކަމަށްވާ އެއާބަސް އޭ320 އާއި ބޮއިންގް 737 މަރުކާގެ ބޯޓުތައް އެ އެއާޕޯޓަށް ޖެއްސޭ ފެންވަރަށް ކަމަށެވެ.
އަދި އެ އެއާޕޯޓުގެ މަސައްކަތް ފެށުމާއެކު ތިލަދުންމަތީގެ ރައްށްތަކުގެ ބިމާއި އިންވެސްޓުމަންޓުގެ އަގު އުފުލުނު ކަމަށާއި، ނަމަވެސް ސަރުކާރުން އެ އެއާޕޮޓުގެ ބޭނުން ކުރަން ނުފަށާ އޮތުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަށެވެ.
އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި، ލޮޖިސްޓި
ކްސް އަދި ރިއަލް އެސްޓޭޓް ފަދަ އިގުތިސާދީ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތައް ގެންނަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.