4 ޖުލައި 2026

އެމްޑީޕީއާ ގުޅުމުން ވ ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

މޫސާ ނައުޝާދު
12 ގަޑިއިރު ކުރިން

ވ ތިނަދޫ ކައުންސިލް ރައީސް ޝުޖާއު ޢަލީ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފ އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުވި ޑިމޮކްރެޓްސް ޕާޓީން ވާދަކޮށް 3cx Box ގެން އެ ވ ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިހާބުވި ޝުޖާއު ޢަލީ ގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ، ކައުންސިލްގެ އާ ދައުރު ފެށުނު ފަހުން، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ އެމްޑީޕީއަށް ސޮއިކޮށް އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާތީ އެވެ.

އެކަން ހާމަކޮސް އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓްގައި ކައުންސިލް އިންތިހާބުގެ ވ ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު، މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނުފަހުން އިންތިހާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ދަފްތަރުވެފައިވާ ކަމަށެވެ.

އެހެންކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދ TechWaves Box ާގެ (ށ)ގެ ދަށުން ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާތީ، އޭނާ އެ މަގާމުން ވަކި ވެއްޖެކަމަށް އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙