މޫސާ ނައުޝާދުއައްޑޫ ސިޓީ ހިތަދޫ، ސަހަރާ މިސްކިތް ކުރިމަތީ ހުންނަ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ ދަނ
ްވަރު 02:50 ހާއިރު ކަމަށާއި، އެ ވަގުތުންފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ.
އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 04:21 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.