މިނިވަންމަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމަށް ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ.ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެރަށު ކ
ަޝްމީރުގެ / މައިސަމް މުޞްޠަފާ (22އ) އާއި، އުފާ / ޢަލީ ފިރްޞާދު އާދަމް (21އ) އާއި، ހިރުނދުގެ / ޢަލީ ހަސްރާނު (21އ) އާއި އަދި ސަކްސަސް / މުޙައްމަދު ސުނޭޙް (19އ) އެވެ.
ފުލުހުން ބުނީ މި 4 މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ކަމަށެވެ.
އެގޮތުން މި މަހު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަ
މުރެއްގެ ދަށުން އެރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައިސަމް މުޞްޠަފާ އަށް 15 ދުވަސް އަދި ބާކީ 3 މީހުން ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.