28 ޖުލައި 2026

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައި

މުޙައްމަދު ވިޝާން
11 ގަޑިއިރު ކުރިން

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް )އެމް.އެން.ޑީ.އެފް( މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމް.އެން.ޑީ.އެފް)ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވައި އެވެ.

މިއަދު ހެނދުނު، ވިލިމާލޭގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމ TechWaves Box ަނިކުފާނަށް މަރުހަބާ ވިދާޅުވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ރަސްމިއްޔާތުގެ މައިދާނުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ރިޔާސީ ކުރުނީހެއް ވަނީ އަރުވާފައެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތަކީ ސަރުކާރުން ތަރައްޤީކޮށްފައިވާ ޢިމާރާތެކެވެ. މި މަޝްރޫޢު ވިލަރެސްކުރެއްވުމުގައި ޔޫ.އެން.އޯ.ޑީ.ސީއިން އިސްދައުރެއް އަދާކުރައްވާފައިވެއެވެ. މި އިމާރާތުން ދޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ޤާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ދިވެހިރާއްޖޭގެ 3cx Box ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ.

މި އިމާރާތުގެ ބިންގާ 2022 ވަނަ އަހަރު އެޅި ކަމުގައި ވީ ނަމަވެސް، އެކި ސަބަބުތަކާ ހެދި އިމާރާތުގެ މަސައްކަތްތައް ނިންމާނުލެވި އޮތް އޮތުމަށް ނިމުމެއް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވިއެވެ. މިއީ އެމަނިކުފާނު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެއްވި މުހިންމު މަސައްކަތެކެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ އިމާރާތް ބައްލަވާލައްވާފައެވެ. އަލަށް ހުޅުވި އެމް.އާރު.ސީ.ސީގެ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފައެވެ. އަދި، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޚާއްޞަ ދުޢާއެއް ކުރެއްވުންވެސް އޮތެވެ. އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުންނަ ސަރަޙައްދުގައި ގަހެއް އިންދަވައިދެއްވާފައެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާން ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯއާއި، ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޮ ޒެންގގެ އިތުރުން ބޭރު ޤައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި، ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އަދި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙