މުޙައްމަދު ވިޝާންމަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެ
ތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް2 އިން ހައްޔަރުކޮސްފައިވަނީ ފ. ފީއަލި / ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) ކަމަށެވެ.
އޭނާ ހައްޔަރުކުރީ ރޭ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލާ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅު ފެނިފައިވާތީ އެވެ.
އަދި އޭނާގެ އަތުން ފެނުނ
ު ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.