މުޙައްމަދު ވިޝާންމޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ތިބެންޖެހޭ އަދަދަށް ވުރެ 600 މުވައްޒަފުން އިތުރަށް އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު
ނާޒިމް ވިދާޅުވީ އެމްޕީއެލް އަށް ބޭނުންވާ ވަރަށްވުރެ 600 މުވައްޒަފުން އިތުރަށް އެބަތިބި ކަމަށާއި އޭގެތެރެއިން ގިނަ މީހުން ވަޒީފާގެ އެއްވެސް މަސްއޫލިއްޔަތެއް އަދާނުކުރާ ކަމަށާއި، އެމީހުން ކާޑުޖަހާލާފައި ދަނީ ގެއަށް ކަމަށެވެ.
އިތުރު ތަފްސީލް ދެއްވަމުން މެންބަރު ނާޒިމް ވިދާޅުވީ މަހަކު 20000 ރުފިޔާގެ ރޭޓުން އެ 600 މީހުންނަށް މުސާރަދޭނަމަ މަހަކު 20 މިލިއަން ރުފިޔާ އެމީހުންނަށް އެކުފުނިން ޙަރަދު ކުރާނެ ކަމަށެވެ. އަދި އެ 20 މިލިއަން ރުފިޔާވެސް ޑޮލަރު ހޯދަން ބޭންކުރާއިރު އެކަމުގެ ސަބަބުން ޑޮލަރުގެ އަގު މަތިވެގެން ދާނެ ކަމަށެވެ.
އަނެއްކާ މީގެ ތެރެއ
ިން ގިނަ މީހުންނަކީ ކާޑު ޖަހައިލައިފައި ގެއަށް ދާ މީހުން ކަމަށް ވަނީ،" މެންބަރު ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ކުންފުނީގެ އުފެއްދުންތެރިކަމަށް ބޭނުންވާ ވަރަށްވުރެ ގިނަ މީހުން ނަގައި މުސާރައިގެ ގޮތުގައި ފައިސާ ބޭރުކުރާނަމަ އެ ކަމުގެ ސަބަބުން އިގްތިުސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބަޖެޓްގެ ވަރަށް ބޮޑުބައެއް މިފަދަ އުފެއްދުންތެރިކަމެއް ނެތް މީހުންނަށް މުސާރަދިނުންފަދަ ކަންކަމަށްދާކަންވެސް ނާޒިމް ފާހަގަކުރެއްވި އެވެ.