5 އޯގަސްޓް 2026

ތަކެތީގެ އަގުބޮޑުވެއްޖެ ކަމަށް އެމްޑީޕީން ބުނަނީ މުޒާހަރާކުރުމަށް ބަހަނާއަކަށް: އިކޮނޮމިކް މިނިސްޓަރ

މުޙައްމަދު ވިޝާން
16 ގަޑިއިރު ކުރިން

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ނެރުނު ތަކެތީގެ ލިސްޓްގައިވާ އަދަދުތަކަކީ ދޮގު ކަމަށާއި ތަކެތީގެ އަގުބޮޑުވެއްޖެ ކަމަށް އެމްޑީޕީން ބުނަނީ މުޒާހަރާކުރުމަށް ބަހަނާއަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ތަކެތީގެ އަގު ބޮޑު ކަ 3cx Box މަށްބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ވެރިން ނެރެގެންއުޅޫ ލިސްޓަކީ މުޒާހަރާ ކުުރުމުގެ ބަހަނާއަކަށް ނެރެގެން އުލޭ ލިސްޓެއްކަމަށެވެ.

އިންސްޓަގްރަމް ގައި މިނިސްޓަރ ސައީދު ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވީ ކޮންމެ ފަހަރަކުވެސް އޯގަސްޓް 12،13 ގައި އެމްޑީޕީން ކޮންމެވެސް މުޒާހަރާއެއް ކުރާ ކަމަށާއި، އެގޮތުން މި ފަހަރު މި ގެންގުޅޭ ދޮގަކީ ތަކެތީގެ އަގު ބޮޑުވެއްޖޭ ކިޔާފައި ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.

މި ފަހަރު މި ގެންގުޅޭ TechWaves Box ދޮގަކީ ތަކެތީގެ އަގު ބޮޑުވެއްޖޭ ކިޔާފައި،" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީން އޮގަސްޓް 12 ވަނަ ދުވަހު މުޒާހަރަން ނިންމައި އެކަމުގެ ބަހަނާއެއްގެ ގޮތުން އެމްޑީޕީން ދަނީ ތަކެތީގެ އަަގު ބޮޑުވުމާއި ތެލުގެ އަގު ބޮޑުވުމުން އެކަމާއި އަޑު އުފުލާން ޖެހޭ ކަމަށް ބުނެ ރައްޔިތުންނަށް އެ ޕާޓީން ދަނީ އޮޅުވާލަމުންކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

އަދި މިނިސްޓަރ ސައީދު ވިދާޅުވީ ހަނގުރާމައިގެ މި ޙާލަތުގައި ހުރިހާ ޤައުމުތަކެއްގައިވެސް ތެލުގެ އަގު ބޮޑުވެފައިވާއިރު ތެލުގެ އަގު ބޮޑުވިޔަ ނުދިނުމަށް ރާއްޖެއިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިޔަ އެއް ސަބަބަކީ އެމްޑީޕީން ނަގާފައިވާ ބޮޑެތި ދަރަނިތަކާއި އެމްޑީޕީ ސަރުކާރުން ޗާޕްކުރި 8 ބިލިއަން ރުފިޔާ ކަމަށެވެ.

މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕީން މިފަދަ ވާހަކަތައް ފަތުރަނީ ޤައުމަށް ދެރަ ދިނުމުގެ ގޮތުން ގަސްތުގައި ކަމަށާއި، ސިޔާސީ ބޭނުމަށް ވެސް ދައްކަން ނުވާނެ ވާހަކަ ހުންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙