7 އޯގަސްޓް 2026

ދޯންނެއް ސަލާމާތްކުރަން އުޅުނު ފުލުހަކާއި ސިފައިންގެ މީހަކާއި ކެޕްޓަން ގެއްލިގެން ހޯދަނީ

މުޙައްމަދު ވިޝާން
15 ގަޑިއިރު ކުރިން

ފްރެންޑް 4 ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދިޔަ ހާދިސާއެއްގައި ފުލުހަކާއި ސިފައިންގެ މީހަކާއި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ 8 މީހުންނާއެކު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެ 3cx Box އް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ (2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 23:22) އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއިވެ، އެ ހާދިސާގައި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާއެކު އަޑިއަށް ގޮސްފައި ކަމަށެވެ.

އަދި ދޯނި ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި އަދި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި TechWaves Box އިރު ދޯނީގައި ތިބީ 8 މީހުންގެ ކަމަށާއި އޭގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙