މުޙައްމަދު ވިޝާންދިރުވާލައިގެން 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސް (ކަސްޓަމްސް) އިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން އެކްސް ގައި ބުނެފައިވަނި މިދިޔަ ޖުލައިމަހުގެ 19 ވަނަ ވެލ
ާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެމަގުން ރާއްޖެއައި މީހަކު ޖުމްލަ 1180 ގުރާމުގެ 66 ބްލެޓް ދިރުވާލައިގެން ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވާ ކަމަށާއި، އަދި އެމީހާ ހައްޔަރުކޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) August 5, 2026
🔹ތާރީޚް: 19 ޖުލައި 2026
🔹ބާވަތް: ކޮކެއިން
🔹ބަރުދަން: 1180 ގްރާމް (66 ބުލެޓް)
🔹މަަގުމަތީއަގު: 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު pic.twitter.com/P3QzHiOoJh
އަދި އެ މީހާގެ ހަށިގަނޑުތެރެއިން ފެނިފައިވާ މަސްތުވާތަކެތީގެ މަގުމަތީ ޖުމްލަ އަގު 2.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ބުނެފައެވެ.