7 އޯގަސްޓް 2026

ރުކުމަޑިއަށް ހަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒު ހުޅަވައިފި

މުޙައްމަދު ވިޝާން
8 ގަޑިއިރު ކުރިން

ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ގުދުރަތީގޮތުން ހަމަލާދޭ ފައިދާ ހުރި ސޫފާސޫފި އާލާކުރާ މަރުކަޒް (ޕާމް ޕެސްޓް ބައޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު) ރަސްމީކޮށް ހުޅުވައިފި އެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކުރި މި 3cx Box ސެންޓަރު ހުޅުވައިދެއްވީ އެގްރިކަލްޗަެ މިނިސްޓަރ އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ގާއިމްކުރި ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރަކީ ޗައިނާ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްޤީކުރި މަރުކަޒެކެވެ.

ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ގުދުރަތީގޮތުން ހަމަލާދޭ ފައިދާ ހުރި ސޫފާސޫފި އާލާކުރުމ TechWaves Box ަށްޓަކައި ގާއިމުކުރި މި މަރުކަޒަކީ ޗައިނާ ސަރުކާރާއެކު 14 ޖުލައި 2025 ގައި ގާއިމްކުރި "އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" އެއްބަސްވުމުގައި، ދަށުން ގާއިމްކުރި ފެސިލިޓީއެއްކަމަށް އެގްރިކަލްޗަރ މިނިސްޓަރީން ބުނެއެވެ.

އަދި ފިޝަރީޒް މިނިސްޓްރީން ބުނީ މި ސެންޓަރުގެ އެހީގައި ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށާއި،. އެގޮތުން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ޕެސްޓަށް ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން މި ސެންޓަރުން ދުވާލެއްގެ މައްޗަށް 1 ލައްކަ ޕެރެސިޓޮއިޑް އާލާކުރެވޭނެ ކަމަށްވެސް އެގްރިކަލްޗަރ މިނިސްޓަރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙