9 އޯގަސްޓް 2026

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ 4 މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި

މުޙައްމަދު ވިޝާން
23 ގަޑިއިރު ކުރިން

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ކުޅުދުއްފުށީގައި ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން 2026 އޮގަސްޓު 6 ވަނަ ދުވަހު 3cx Box ހިންގި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ދޫޑިގަން.ކަރަންފޫގެ / ޏ. ފުވައްމުލައް، މުޙައްމަދު އުމީން (19އ) އާއި ފަހިވާ / ހދ. ކުމުންދޫ، ޢާއިޝަތު ޢަލީ (30އ) އެވެ.

އަދި ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރިޖުމްލަ 7.59 ގުރާމް ހުރި 27 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެ TechWaves Box ދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އުރަހަ / ހދ. ކުޅުދުއްފުށި، ޙުސައިން ނަޢީމް (44އ) އާއި ބަންޑާރަހިޔާ 002ޕީ / ހދ.ކުޅުދުއްފުށި، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) އެވެ.

ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖުމްލަ ބަރުދަނުގައި 9.71 ގުރާމް ހުރި  30 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙