10 އޯގަސްޓް 2026

ފުލުހުންގެ ފަރާތުން ދ އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރުތަކާގުޅޭ މައުލޫމާތު ދިނުމުގެ ޝެޝަނެއް ކުރިއަށް ގެންގޮސްފި

މުޙައްމަދު ވިޝާން
15 ގަޑިއިރު ކުރިން

ފުލުހުންގެ ފަރާތުން ދ އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރުތަކާގުޅޭ މައުލޫމާތު ދިނުމުގެ ޝެޝަނެއް ކުރިއަށްގެންގޮސްފި އެވެ.

ފުލުހުން ބުނީ މި ސެޝަނަކީ އަހުލާގު ރަނގަޅު ޖީލެއް ބިނާކޮށް، ކޮންމެ ބެލެނިވެރިޔަކީ ވެސް ދަރިން ތަރުބިއްޔަތުކުރުމުގައި ނަމޫނާ ބެލެނިވ 3cx Box ެރިޔަކަށް ހެދުމަށާއި ބެލެނިވެރިން ޒިންމާދާރުކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށާއި މި މަހު 6 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ އެ މަދަރުސާ އާއި މީދޫގައި މަސައްކަތްކުރާ ފުލުހުންނާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެއްކަމަށެވެ.

އެގޮތުން މި ސެޝަންގައި، ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކާއި، ބެލެނިވެރިކަމުގެ ތަފާތު ވައްތަރުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ދަރިންނާމެދު ލޯތްބާއި އޯގާތެރިކަން ބެހެއްޓުމުގެ މުހިންމުކަމާއި، ދިމާވާ އެކި ކަންކަމުގައި މަޝްވަރާކޮށް އެ ކުދިންނާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން ބުނެދީފައިވެއެވެ. އަދި އެކުދިންނާއި ގާތް ގުޅުމެއް ބާއްވައި ކުދިން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ވެސް މި ސެޝަންގެ ތެރެއިން ކިޔައިދެވިފައިވާނެ ކަމަށާއި، އަދި ޒިންމާދާރު ގޮތެއްގައި ބެލެނިވެރިކަމުގެ ދައުރު އަދާކުރާނެ ގޮތާއި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިން ފެންނާނެ ސިފަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ފުލުހުން ބުނެއެވެ.

ހަމައެހެންމެ އެންމެ ތުއްތު އިރުގައި ދަރިންނަށް ދެވޭ ތަރުބިއްޔަތަކީ ވަރަށް މުހިންމު އެއްޗެ TechWaves Box އްކަމާއި ދަރީންގެ ހަރަކާތްތައް ގާތުން ބަލައި މޮނީޓަރކޮށް ތުއްތު ކުދިންނަށް ވިސްނޭނެހެން އުމުރާ ގުޅޭގޮތަށް ރަނގަޅު ކަންކަން ދަސްކޮށްދިނުމަށާއި ދަރީން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އަބަދުވެސް ހިތްވަރުދިނުމަށާއި ދީނީ ކަންކަމަށް ދަރިންނަށް ބާރު އެޅުމަށް ނަސޭހަތްތެރިވިއެވެ.

އޭގެއިތުރުން ވެސް، ދަރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި ދަރީން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި އެފަދަ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާއި ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގެންގުޅެވިދާނެ އުކުޅުތައް ބުނެދީ އަދި ދަރީން ބެލެހެއްޓުމުގައި ގާނޫނީ ގޮތުން ވިސްނަންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙