10 އޯގަސްޓް 2026

"ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުން ކުރިއަށް ގެންދަނީ ރައްޔިތުންގެ ކަންބޮޑުވުން ގިނަ ބަޔަކަށް އިއްވަން: އެމްޑީޕީ

މުޙައްމަދު ވިޝާން
15 ގަޑިއިރު ކުރިން

ޒަރޫރީ ބާވަތްތަކުގެ އަގު އުފުލުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުރިއަށްގެންދާ "ދަތިވެއްޖެ" މުޒާހަރާ ކުރިއަށްގެންދާނީ މަޖީދީމަގުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވުމަށް ތައްޔ 3cx Box ާރުވަމުންއަންނަ މުޒާހަރާއާއި ގުޅޭ މައުލޫމާތުދެއްވަމުން އެ ޕާޓީން ބުނީ އެމްޑީޕީން މުޒާހަރާ ކުރިއަށްގެންދަނީ ޤާނޫނީ އިމުގެ ތެރެއިން ހިޔާލްފާޅުކުރުމުގެ މިނިވަންކަމުގެ ދަށުންކަމަށެވެ.

މާލެ ވަށައިގެން ބޮޑު ތަކުރުފާނު މަގުގައި މުޒާހަރާ ކުރުމުން އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށާއި، މުޒާހަރާ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސ ގިނަ ބަޔަކަށް މުޒާހަރާގެ އަޑު އިއްވުން ކަމަށޭވެ.

އެހެންކަމުން މަޖީދީމަގުން މުޒާހަރާ ކުރިއަށް TechWaves Box ގެންގޮސްފިނަމަ ފާޅުކުރާ ޝުއޫރުގެ އަގު ރައްޔިތުންނަށް އިވޭނޭކަމަށާއި، ބޭނުމަކީ ވީހާވެސް ގިނަބަޔަކަށް ކަންބޮޑުވުންތައް އަޑުއިއްވުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙