މުޙައްމަދު ވިޝާންބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށް ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނ
ެފައިވަނީ މިއަދުގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 14:00 އަށް ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white for heavy rain pic.twitter.com/BOHrjAj2Yo
— Maldives Meteorology (@MetMaldives) August 10, 2026
އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.